ޚަބަރުސިޔާސީ

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ ނިންމާލީ މަސްވެރިންނަށް ނުދެވި ހުރި 30 މިލިއަން ރުފިޔާ ދީފަ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް ނުދީހުރި 30 މިލިޔަން ރުފިޔާ ދެވިއްޖެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިފްކޯއިން ނުދީ ހުންނަތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވެއެވެ.

”މިހާރު ނުދީ ބާކީ ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުމުގެ މަސައްކަތް އެބަދޭ ކުރިއަށް. މިއީ މިހާރު އޮތް ބެކް ލޮގަށް ވަރަށް ބޮޑު ލުޔެއް.“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވިގޮތުގައި މަސްވެރިން ބާނާ މަސްކޮޅު ކިރުވުމަށްފަހު، ދެމަސްވެގެންދާއިރު ފައިސާ ނުދިނުމަކީ މަސްވެރި އާއިލާތަކަށް ގިނަ ގެއްލުންތައް ކުރިމަތިވާ ކަމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button