ޚަބަރުސިޔާސީ

މަސްވެރިންނަށް މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކުރިކަން ހާމަކުރައްވަމުން މިނިސްޓަރ ޝިޔާމް އޮޅުންފިލުވައިދެއްވީ ކުރިމަތިވި ގޮންޖެހުންތައް!

އައު ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް, އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން 422 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވިފައިވާކަމުގައެވެ.

”އޭގެތެރޭގައި މަސްވެރިންނަށް ކްރެޑިޓަށް ދޫކޮށްފަ ހުރި މަސްފިނިކުރާ އައިސް އަދި ތެޔޮ ހިމެނޭ. މިހާތަނަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ އަދަދަކީ 270 މިލިއަން ރުފިޔާ.“ ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނުއިރު އޭރުގެ ސަރުކާރުން މިފްކޯއިން މަސް ގަންނަ އަގު 17 ރުފިޔާ އިން 25 ރުފިޔާއަށް ބޮޑުކުރިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އެއީ މަސްވެރިންނަށް ހެޔޮއެދިގެން ކޮށްފައި އޮތް ކަމެއް ނޫން ކަމުގައެވެ.

”އެއްވެސް ވަރަކަށް ބެލުމެއްނެތި އަގަށް ބަދަލު ގެނައިމަ ދައުލަތުން ސަބްސިޑީޒްގެ ގޮތުގައި ގާތްގަނޑަކަށް 500 މިލިޔަން ރުފިޔާ ދައްކަން ޖެހުނު.“ ޝިޔާމް ވިދާޅުވިއެވެ.

އެގޮތަށް މަސް ގަންނަ އަގު ބޮޑުކުރުމުގެ ސަބަބުން މިފްކޯއަށް އޭރު ލިބެމުންދިޔަ ގެއްލުން އެތައް ގުނައެއް ބޮޑުވިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button