
މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ ގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝާމިން ޓްވީޓްކޮށްފައިވާ ހުޅުމާލޭގައި މިސަރުކާރުން އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫއުތަކުގެ ވީޑިއޯއަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ރިޕްލައި ކުރައްވައިފިއެވެ.
މުޢިއްޒު ވިދާޅުވެފައިވަނީ އެ ވީޑިއޯގައި ފެންނަމުންދާ މަޝްރޫޢު ތަކުގެ ތެރެއިން އެޕޯލޯ ހައުސިންގގެ މަޝްރޫއު ފިޔަވާ ދެން ބާކީ ހުރީ މުޅިންވެސް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުރުގައި އެޅުމަށް ހަމަޖެހިފައިވާ ނުވަތަ ފައްޓަވާފައިވާ މަޝްރޫއުތައް ކަމުގައެވެ.
މި ޓްވީޓްގައި ޑރ.މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ އިތުރަށް ޕްލޭންޑް މަޝްރޫއު ތަކުގައިވެސް ކުރީގެ ރައީސް ޔާމިން ގެ ދަޢުރުގައި ހަމަޖެހިފައިވާ މަޝްރޫއުތައް ގިނަ ކަމަށެވެ.
މިނިސްޓަރ ޝާމިން ޓްވީޓްކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓުތަކެވެ.