ޚަބަރު

އަލަމްގީރުގެ “ބޮސް” ހައްޔަރުކޮށްފި!

ގިނަ އަދަދެއްގެ ފިރިހެނުންނާއި އެކުގައި ލިވާތުގެ މި މުޑުދާރު ޢަމަލު ހިންގައި ވީޑިއޯތަކެއް ރިކޯޑްކޮށް، އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

”ދައުރު“ ނިއުސްގައި ބަޔާންކޮށްފައިވާ ގޮތުން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކީ އެއް ޖިންސުން ގުޅުން ހިންގުމުގައި ބައިވެރިވެ، އެ ވީޑިއޯތަކުން ފެންނަ ބަންގްލަދޭޝަން ނިސްބަތްވާ އެމްޑީ އަލަމްގީރު އޭނާ ތަހުޤީގުގައި ”ބޮސް“ ގެ ނަމުން މުހާތަބު ކުރާ ހަމްދޫން އަބްދުﷲ އެވެ. ހަމްދޫން އަބްދުﷲ އަކީ ބައެއް މީހުންނަށް މަކަރު ހަދައި އޮޅުވަލައިގެން ފައިސާ ނެގުމުގެ އިތުރަށް، ވަރަށް ގިނަ ބަޔަކަށް ދަރާފައިވާވެސް މީހެކެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފުލުހުން ވަނީ ބްލެކްމެއިލް ކުރި މައްސަލައިގެ މީހުން ހައްޔަރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާ އެދުވަހު ބައެއް މީހުން ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ދެމީހުންވެސް ހައްޔަރުކޮށްފައިވާނީ ކޯޓުއަމުރުގެ ދަށުންކަމާއި، ހައްޔަރު ކުރެވިފައިވަނީ 37 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށެވެ. އަދި 37 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާއިރު، 24 އަހަރުގެ މީހާއަށް 7 ދުވަސް ޖަހާފައިވެއެވެ.

ހަމްދޫނަކި އެ ވީޑިއޯތަކުން ފެންނަ އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅުނު މީހާއެވެ. ހަމްދޫންގެ ދެމަފިރިން އެ އެޕާޓްމަންޓް ކުއްޔަށް ނަގާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެޕާޓްމަންޓުން ނުކުމެގެން ގޮސްފައިވަނީ، މި އަހަރުގެ ކުރީކޮޅު ނުވަތަ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button