
ރާއްޖެއަށް ބޭނުންވަނީ ޗައިނާ އާއި އެހެން ގައުމުތަކުން ވެސް އޮންނަ ފަދަ އެހީތެރިކަމާއި ތަރައްގީގެ ޕާޓްނާޝިޕެއްކަމަށް ޗައިނާގެ ޝިންހުއާ ނިއުސްއަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި އޮންނަ ގާތް ގުޅުމަށް ތައުރީފު ކުރައްވާ ޑރ.މުއިއްޒު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ޗައިނާ އާއި އެހެން ގައުމުތަކަށް ވެސް އެފަދަ އެހީތެރިކަމާއި ތަރައްގީގެ ޕާޓްނާޝިޕެއްކަމަށެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންފިންގެ ފުޅާ ތަސައްވުރުގެ ދަށުން ފައްޓަވާފައިވާ ބެލްޓު އެންޑް ރޯޑު މަޝްރޫއުއަކީ ކުރިމަގުގައި ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ މަޝްރޫއެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެ ނޫހަށް ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވިގޮތުގައި ޗައިނާގެ ބެލްޓު އެންޑް ރޯޑު އިނީޝިއަޓިވް (ބީއާރުއައި)ގެ ދަށުން ގާއިމުކުރި މާލެ ހުޅުމާލެ ބުރިޖަކީ ރާއްޖޭގެ ތާރީހުގައި ހިންގުން އެންމެ ބޮޑު އެއް މަޝްރޫއުކަމަށެވެ.
އެގޮތުން، އެ މަޝްރޫއުގެ ސަބަބުން މުޅި މާލެ ސަރަހައްދަށް ބޮޑު ކުރިއެރުމެއް ލިބި އެތަކެއް ހާސް ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަން ފާހަގަކުރެއްވާ އެމަނިކުފާނު ވިދާޅުވީ ބުރިޖުގެ އިތުރުން ބީއާރުއައިގެ ދަށުން ސޯޝަލް ހައުސިންނާއި އެއާޕޯޓު ތަރައްގީކުރުން ފަދަ މުހިންމު ގިނަ އެހެން މަޝްރޫއުތައް ވެސް ހިންގާފައިވާކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ޗައިނާގެ ބީއާއުއައިއަށް އެ މަނިކުފާނު ކުރައްވާ އުއްމީދު ބޮޑުކަމަށެވެ.