ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދިނުމުގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫނެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ، އެގައުމުގެ އިންޓަރނޭޝަނަލް މިލިޓަރީ އޮފީހުގެ ޑިރެކްޓަރ އަޖޯންގުބައުކުއާނެވެ.
އަސްކަރީ އެހީގެ ތަކެތި ދިނުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުން ފިޔަވައި އެެއްބަސްވުމާ ގުޅޭ މާބޮޑު ތަފްސީލެއް ޑިފެންސް މިނިސްޓްރީން ނުދެއްވައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އައިފަހުން ރާއްޖެއާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.