ޚަބަރުބޮޑު ޚަބަރު

4،300 އަށްވުރެ ގިނަ މެޑިކަލް އިވެކުއޭޝަން ހެދިއިރު، އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުންކުރީ 127 ފަހަރު

2023 ވަނަ އަހަރު ޖުމްލަ 4،384 މެޑިކަލް އެވެކުއޭޝަން ހަދާފައިވާއިރު، އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ ދެ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ހަރަކާތްތެރިވީ އެއިން 127 އިވެކުއޭޝަން ހެދުމުގައިކަން އާސަންދައިގެ ތަފާސް ހިސާބުން ހާމަވެއްޖެއެވެ.

އެގޮތުން އިންޑިއާގެ ޑޯނިއާ 92 އިވެކުއޭޝަނަށް މިދިޔަ އަހަރު ބޭނުންކުރިއިރު، ކުއްލި ހާލަތުގައި ހެލިކޮޕްޓަރުން ބަލިމީހުން އުފުލީ އެންމެ 35 ފަހަރެވެ.

އެމްއެންޑީއެފްގެ ސީ އެމްބިއުލާންސް ބޭނުންކޮށްގެން ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އެންމެ ގިނައިން ގެންގޮސްފައިވަނީ 2،259 ފަހަރުއެވެ. އަމިއްލަ ފަރާތްތަކުގެ ލޯންޗުތަކުގައި 1083 ފަހަރު ބަލިމީހުން އުފުލާފައިވެއެވެ. ދެން އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ ޗާޓަރު ފުލައިޓުތަކުގައެވެ. އެއީ 743 ފަހަރެވެ. އަދި ޗާޓާކޮށްގެން ސީ ޕްލޭނުގައި އެއް ފަހަރެއްގެ މަތިން ބަލިމީހުން އުފުލާފައިވެއެވެ.

އެއާލައިންތަކުގެ ޝެޑިއުލު ދަތުރުތައް ގޮތުން ވައިގެ މަގުން ބަލިމީހުން އުފުލުމަށް އޮތް ގޮންޖެހުން ނިމުމަކަށް ގެނައުމުގެ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހުގެ 1 ވަނަ ދުވަހު ތައާރަފް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button