
ބާޖެއްގެ ތެރޭގައި ފިލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު އިންޑިއާގެ ގޮތް ނޭނގޭ ބަޔަކު ސިފައިން އަތުލައިގަނެފިއެވެ.
އާދީއްތަ ދުވަހުގެރޭ މުތާ ކޮރަލް ނަމަކަށް ކިޔާ ޓަގު ބޯޓެއްގައި ކަފު ޖަހައިގެން އިންޑޮނޭޝިއާއިން ރާއްޖެ އައި ބާޖެއްގައި ބަޔަކު އުޅޭކަން ފާހަގަވުމުން އެ މައްސަލަ ފުލުހަނާއި ސިފައިންނަށް ރިޕޯޓު ކުރީ ޓަގު ބޯޓުންނެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓުގާޑާއި ސްޕެޝަލް ފޯސެސް އިން އެ ސަރަހައްދަށް ގޮސް ބެލިއިރު، ބާޖު ތެރޭގައި 12 އިންޑިޔާ މީހުން ތިއްބެވެ.
އެމީހުނާ ސިފައިން ސުވާލު ކުރުމުން ބުނީ ރާއްޖޭގެ ސަރަހައްދުން 140 މޭލު ބޭރުން މަސްވެރިކަން ކުރަނިކޮށް، ރޭގަނޑެއްގައި އައި ކޮޅިގަނޑެއްގައި އެމީހުންގެ ބޯޓު އެ ބާޖުގައި ޖެހުމުގެ ސަަބަބުން ބޯޓު އަޑިއަށް ދާތީ ބާޖަށް އެރީ ކަމުގައެވެ. އެހެން ނަމަވެސް އެމީހުން ދެއްކި ބައެއް ވާހަކަތައް ދެކޮޅު ނުޖެހޭތީ އިތުރު ތަހުގީގަށް އިމިގްރޭޝަނާ އެމީހުން ހަވާލު ކުރިކަމަށް ”ދިޔަރެސް“ ގައި ވަނީ ސިފައިންގެ އިސް މީހަކާ ހަވާލާދީ ރިޕޯޓުކޮށްފައެވެ. ހަވާލުކުރެވިފައި ކަމަށެވެ.
އާންމުގޮތެއްގައި މި ފަދަ ރެސްކިއު އޮޕަރޭޝަންތަކުގެ މައުލޫމާތު އެ ހާދިސާއެއް ހިނގާ ދުވަހު އެމްއެންޑީއެފުން އާންމު ކުރާއިރު، މި މައްސަލައިގައި މައުލޫމާތު އިސްވެ ހާމަކުރަން ލަސްވީ ކީއްވެ ކަމެއް އެމްއެންޑީއެފުން ނުބުންޏެވެ.