ޚަބަރުސިޔާސީ

އުތުރު ތިލަފަޅުގެ ފޭކު އެއްބަސްވުމެއް އިންޑިއާ އެމްބަސީން ހަދައި، އެގައުމުގެ ސިފައިން ރާއްޖޭގައި ނެތްކަމަށް ވިސްނައިދެނީ

އުތުރު ތިލަފަޅުގެ ފޭކު އެއްބަސްވުމެއް އިންޑިއާ އެމްބަސީން ހަދައި، އެގައުމުގެ ސިފައިން ނެތްކަމަށް ވިސްނައިދެނީ

ދިވެހި ސިފައިންގެ އަސްކަރީ މަރުކަޒެއް ކަމުގައިވާ އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުން ކަމަށް ބުނެ ފޭކު އައްބަސްވުމެއް ހަދައި، އިންޑިއާ ސިފައިން ނެތްކަން އާންމުންނަށް ވިސްނައިދިނުމުގެ މަސައްކަތް އިންޑިއާގެ އެމްބަސީ އާއި އެމްއެންފްގެ އިސްވެރިން ކުރުމަށް ތައްޔާރު ވެފައިވާ ކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.

އެނގިފައިވާގޮތުގައި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ފޮރުވުމަށްފަހު މިހާރު ވަނީ އެހެން އެއްބަސްވުމަކާ ހަވާލާދީ، އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށާއި، އިންޑިއާ ސިފައިންވެސް ގާއިމްވެގެން ނުތިބޭނެކަން އެމްއެންޑީއެފް މެދުވެރިކޮށް އާންމުންނަށް ވިސްނައިދިނުމަށް ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ އޮޅުވާލުމެއް އާންމުންނަށް އޮޅުވާލަން ނިންމީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސޯލިހަށް ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުންނެވެ. ރައީސް ސޯލިހު ދެކެވަޑައިގަންނަވާގޮތުގައި އެމަނިކުފާނު އިންތިހާބުުގެ ފުރަތަމަ ބުރުން ދެވަނައަށް ދިޔައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާާހަކަ ދެއްކުމުގެ ސަބަަބުންނެވެ.

މިކަމާ ގުޅޭގޮތުން ރަސްމީކޮށް އިންޑިއާ އެމްބަސީ އާއި، ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ހަބަރު ޝާއިއު ކުރުމާ ހަމައަށް އެއްބަސްވުމާގުޅޭގޮތުން ފެތުރިފައިވާ އަޑުތަކާއި ގުޅިގެން އެއްވެސް އިދާރާއަކުން އެކަން ދޮު ކޮށްފައެެއްވެސް ނުވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގިނަ އަދަދަކަށް ހަރަކާތްތެރިވާއިރު، މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އެފަދަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅޭތޯ ”ބޮންތި“ އިން އެމްއެންޑީއެފާ ސުވާލު ކުރުމުން ހަބަރު ޝާއިއު ކުރުމާ ހަމައަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button