ޚަބަރުސިޔާސީ

ވަޒީރުންގެ އަދަދު މަޖިލީހުން ފާސްކުރުން ލާޒިމުކުރަން ބިލެއް

ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ ކެބިނެޓުގެ އަދަދު މަޖިލީހުން ފާސްކުރުން ލާޒިމުކުރަން ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދަ ޑިމޮކްރެޓްސްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު އިވާ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި އިސްލާހު ގެންނަން ހުށަހަޅާފައިވަނީ، ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ އަކުރުތަކަށެވެ.

އެ އިސްލާހުގައިވާގޮތުން ކޮންމެ ރިޔާސީ ދައުރަކުވެސް، ސަރުކާރުން ވުޒާރާތައް އުފައްދާތާ 7 ދުވަހުގެ ތެރޭގައި، އެވުޒާރާތަކާ ބެހޭ މައުލޫމާތު މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އެ ވުޒާރާތައް އުފެއްދޭނީ މަޖިލީހުން ފާސްކުރުމުންކަމަށް އީވާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ. މި އިސްލާހު ފާސްވެއްޖެނަމަ، ސަރުކާރުން މަޖިލީހަށް ހުށަހަޅާ މައުލޫމާތުތަކާ ގުޅޭގޮތުން، މަޖިލީހުން މަޝްވަރާކޮށް ސަރުކާރަށް ހިޔާލުވެސް ހުށަހެޅެނޭއެވެ.

މިނިސްޓްރީތައް އުފައްދާތާ 14 ދުވަހުގެ ތެރޭގައި، އެތަންތަނަށް ހަމަޖައްސާ ސިޔާސީ މުވައްޒަފުންގެ އަދަދާއި، މައުލޫމާތު މަޖިލީހަށް ހުށަހަޅަންޖެހޭގޮތަށް އޮތް މި އިސްލާހަށް މަޖިލީހުން ވަކި ގޮތެއް ނިންމަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހު ފާސްވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި ވަޒީރުންގެ މަޖިލިސް އުފެދިގެން އަންނާނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރުހުން ދިނުމާއެކު މަޖިލީހުގެ ބޮޑު ދައުރެއް އެކަމުގައި އޮވެގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button