ޚަބަރުސިޔާސީ

ރޯދަމަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާ ގަޑިތައް އާންމުކޮށްފި

އަންނަ ހަފްތާގެ ހޯމަ ދުވަހު ފެށޭ ރޯދަމަހު ސްކޫލުތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9 އަކާއި ދެމެދު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

މެންދުރު 15:00 ކުރިން ކިޔެވުން ނިންމަން ޖެހޭއިރު، އެލްކޭޖީ ދަރިވަރުންނަށް އެންމެ ގިނަވެގެން ކިޔަވައިދޭންވާނީ ދޮޅުގަޑިއިރަށް ކަމަށާއި، ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް ދެގަޑިއިރާ ތިރީސް މިނިޓަށް ކިޔަވައިދިނުމަށް އެމިނިސްޓްރީއިން ސްކޫލްތަކަށް ވަނީ އަންގާފައެވެ. ސެކަންޑްރީ އަދި ހައި ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭދިނުމަށް މިނިސްޓްރީން ނިންމީ3 ގަޑިއިރަށެވެ.

މާއްދާތައް ނަގައިދޭ ދިގުމިން 45 މިނެޓަށް ވުރެ ދިގުނުވާނެގޮތަށް ފައްތައި، އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު، މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް ހަމަޖެއްސުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

މިނިސްޓްރީން ނިންމީ، މުދައްރިސުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތަށް ހަދައި، ހަވީރު 16:00 އިން ރޭގަނޑު 21:00 އަކާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button