ޚަބަރުދުނިޔެ

ގިނަ އަދަދެއްގެ ހެރޮއިންއާއިއެކު ޕާކިސްތާނުގެ ބޯޓެއް އަތުލައިގެންފި

ހޮނިހިރު ދުވަހު އިންޑިއާގެ ކޯސްޓްގާޑާއި ގުޖުރާތު ފުލުހުންގެ އެންޓި ޓެރަރިޒަމް ސްކޮޑުން ނެރުނު ނޫޫސް ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ކޯސްޓްގާޑާއި ގުޖުރާތު ފުލުހުންގެ އެންޓި ޓެރަރިޒަމް ސްކޮޑް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގުޖުރާތު ގެ އައްސޭރިފަށުގެ ޕާކިސްތާނުގެ ބޯޓަކުން 350 ކްރޯޑު ރުޕީސްގެ އަގުހުރި ހެރޮއިން ކަމަށް ބެލެވޭ ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ކޯސްޓްގާޑުން ވަނީ ބައިނަލްއަގްވާމީ ކަނޑުގެ ބޯޑަރު ޕެޓްރޯލް ކުރުމަށް ދެ އިންޓަސެޕްޓާ ޝިޕް ކަމަށްވާ ސީ-429 އަދި ސީ-454 ފޮނުވާފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އިރުއޮއްސުނު ހާއިރު، ޕާކިސްތާނުގެ ބޯޓެއް، ގުޖުރާތުގެ ޖަކާއުއާ 40 ނޯޓިކަލް މޭލު ދުރުގައި، އިންޑިއާގެ ސަރަހައްދުގެ ފަސް ނޯޓިކަލް މޭލު ގެ ތެރޭގައި ޝައްކު ކުރެވޭ ގޮތަކަށް ދަތުރުކުރަމުން ދިޔަ މަންޒަރު ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއީ އިންޑިއާގެ ކޯސްޓްގާޑާއި އޭޓީއެސް، ގުޖުރާތު ގުޅިގެން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހިންގި މިފަދަ ހަވަނަ އޮޕަރޭޝަނާއި މަހަކަށް ވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިންގި މިފަދަ ދެވަނަ އޮޕަރޭޝަނެވެ. އަދި އެ ބޯޓާއި އެ ބޯޓުގެ ހަ ފަޅުވެރިން ޖަޚާއުއަށް ގެނެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި  ބުނެފައިވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ބޯޓަކުން 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button