
މާލެ ސިޓީ ކައުންސިލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ، ކްލަބް މޯލްޑިވްސް ކަޕް 2022 ގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފިއެވެ.
ޖާޒީތައް އޮފިޝަލުން އަދި ކުޅުންތެރިންނާއި ހަވާލުކޮށްފައިވަނީ މާލެސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝެވެ. މިޓީމްގައި 14 ކުޅުންތެރިން ހިމެނެއެވެ. އަދި މާލެ ސިޓީ ކަައުންސިލުންވަނީ މި ކުޅުންތެރިންގެ ޓީމް ލިސްޓް އާންމުކޮށްފައެވެ.
މިޓީމަށް ކޯޗުކަން ކޮށްދެއްވަނީ ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯއްދާދެއްވާފައިވާ އަދި ރާއްޖޭގެ ގައުމީ ޓީމްއަށް ކުޅޭ، ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު މުހައްމަދު (އަންމަޑޭ) އެވެ.
މިފަދަ ތަޖްރިބާކާރު ކޯޗެއްގެ އެހީގައި މާލެ ސިޓީ ކައުންސިލްގެ ޓީމުން ފުރިހަމަ ކާމިޔާބީއެއް ހޯދިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވަނީ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވިދާޅުވެފައެވެ. އަދި މި މުބާރާތުގައި ފުރިހަމަ ކާމިޔާބީއެއް ކައުންސިލަށް ހޯދައިދިނުމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
މި މުބާރާތުގައި ކައުންސިލުން ކުޅޭ ފުރަތަމަ މެޗް އޮންނާނީ 08 އޮކްޓޯބަރ ގައި ކުރީގެ ޗެންޕިއަނުން ކަމުގައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަމް (އާރ.ޑީ.ސީ) އާއި އެކުގައެވެ.