ޚަބަރުސިޔާސީ

މާލެ ސިޓީ ކައުންސިލުން ނަބީހުގެ ކާމިޔާބީ ފާހަގަކޮށްފި

އަލްހާފިޒް އަހްމަދު ނަބީހް ހޯދި ކާމީޔާބީ މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފިއެވެ.

42 ވަނަ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް މުބާރާތުގައި 111 ގައުމަކުން 153 ބައިވެރިންނާއި އެކު ނަބީހް ވަނީ ދިވެހިރާއްޖެ ތަމްސީލްކޮށް ފައިނަލުގައި ކިޔަވައި، މަތީ ވަނައެއް ހޯދާފައެވެ.

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލުން ވަނީ ނަބީހްއަށް ހަނދާނީ ފިލައަކާއި ސްމާރޓް ޓީވީއެއް ހަދިޔާކޮށްފައެވެ. މީގެއިތުރުން، މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ނަބީހްގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ޓްރޮފީއެއް ދެއްވިއެވެ.

މިހަފްލާގައި މޭޔަރ ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލަކީ ދީނީ ކަންކަމަށް ހާއްސަ އިސްކަމެއް ދޭ ކައުންސިލެއް ކަމަށާއި، އެގޮތުން ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތްތަކަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

މިގޮތުން، މޭޔަރ ވަނީ ނަބީހްގެ މައިންބަފައިންނާއި ބައްދަލުކުރައްވާ ނަބީހް މުޅި ދުނިޔޭގެ އެތައް ސަތޭކަ ބައިވެރިންނާއި ވާދަކޮށްގެން މަތީ ވަނަ އަކާއިއެކު ރާއްޖެއަށް ރީތި ނަމެއް ހޯދައިދެއްވުމުން އެކަން މާލެ ސިޓީ ކައުންސިލުން ފަހުރުވެރިކަމާ އެކު ފާހަގަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނަބީހުއަކީ ކީރިތި ގުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ގައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖެކެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button