ޚަބަރުސިޔާސީ

ރައީސް ޔާމީނަކީ ޒަމާނީ ތަރައްގީގެ ބާނީ: ޖަމީލު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ 2023 ރިޔާސީ ކެންޑިޑޭޓް އަބްދު ޔާމީން އަބްދުލްގައްޔޫމް އަކީ ޒަމާނީ ތަރައްގީގެ ބާނީ ކަމުގައި ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ މިއަދު ބޭނުންކުރަން ފެށުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ. މި ޓްވީޓްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ އައު ރަންވޭ ކަށަވަރުކޮށްދެނީ ރައީސް ޔާމީން އަކީ ޒަމާނީ ތަރައްގީގެ ބާނީ ކަމުގައެވެ. އަދި އެކަމާ ބަހުސެއް ނެތް ކަމުގައެވެ.

މީގެ އިތުރުން، ރައީސް ނާސިރާއި ރައީސް ޔާމީނަކީ އެހެން ލީގެއްގެ ވެރިންކަމާއި މިހާރުގެ ވެރިމީހާ ހަރުކޮށްނަނީ އެބޭފުޅާގެ މިންވަރުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

މި ސަބަބުތަކަށްޓަކައި 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ރައީސް ޔާމީން އިންތިހާބުކުރަން ބޭނުންވާކަމާއި ދިވެހިންނަކީ އެހެން ގައުމުތަކަށްވުރެއް ދަށް، ކުޑަ ބައެއް ކަމުގައި ގަބޫލުފުޅު ނުކުރައްވާތީ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އައު ރަންވޭއަކީ އިގްތިސާދަށް މިދިޔަ 60 އަހަރުގެ ތެރޭގައި ވެރިޔަކު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ވެސް ޓްވީޓް ކުރައްވާފައިވެއެވެ. މިޓްވީޓްގައި ރައީސް ޔާމީންގެ ފޮޓޯ އަކާއި އައު ރަންވޭ ގެ ފޮޓޯތައް ވެސް ޖަމީލް ހިމަނުއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button