ޚަބަރުސިޔާސީ

ރައީސް ޔާމީނުގެ އަޑު އެހުން ކެންސަލްކުރަން ޖެހުނީ ވަކީލުން ބިޒީވެގެން: ޕީޖީި

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދިނުމާ ގުޅުވައިގެން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކުރަން ޖެހުނީ ވަކީލުން ބިޒީވެގެންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މިއަދު މެންދުރު ފަހު 1:30 އަށް ބާއްވަން ތާވަލުކުރި ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމަކީ މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއްކޮށްފައި ތާވަލު ކުރި އަޑުއެހުމެކެވެ. ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފައިވާއިރު މައްސަލަ ލަސްވާތީ ޕީޕީއެމް ޕީއެންސީން ވަނީ މި ހަފްތާ ތެރޭގައި ހައިކޯޓަށްވެސް ގޮސްފައެވެ.

މި މައްސަލައިގެ އަޑު އެހުންތައް ނުނިންމާ އިސްތިއުނާފު ނުނިމޭތީ ވަކީލުންނާއި ޕީޕީއެމް ޕީއެންސީންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button