ޚަބަރުސިޔާސީ

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ އަލީ ވަހީދު އެމްޑީޕީއަށް!

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުގެ ސަބަބުން އިދިކޮޅު ޕީޕީއެމްއާއި ގުޅުމުގެ ފުރުސަތު ނުދިނުމުން ޓުއަރިޒަމް މިނިސްޓަރު ކަމުން ވަކިކުރެވުނު ކުރީގެ މިނިސްޓަރު އަލީ ވަހީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުގަމުގައި ހުންނެވިއިރު ގިނަ އަދަދެއްގެ އަންހެނުން މުވައްޒަފުންނަށް ޖިންސި އަނިޔާ ދިން ކަމުގެ ތުހުމަތުގައި ރައީސް ސޯލިހު ވަނީ އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރައްވާފައެވެ. އަދި އަނިޔާލިބުނު ފަރާތްތަކަށް ލިބުނު އަނިޔާގެ ތަފްސީލު ރައީސްއާއި ހިއްސާކުރުމުން ރައީސް ވަނީ ކީރިތި ކުރައްވާ، އަލީގެ މި ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އެފަހުން އަލީ ވަހީދުގެ މައްޗަށް އެ މައްސަލާގައި ދައުވާ އުފުލާފައިވަނިކޮށް އޭނާވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ.

އިނގިރޭސިވިލާތުގައި ހުންނެވިއިރު އަލީ ވަހީދު ވަނީ ރައީސް އިބްރާހީމަށް ގިނަގުނަ ތުހުމަތުތައްކޮށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެއައިސްފައިވަނީ އެ މައްސަލައިގެ ދައުވާތަށް ރައީސް އިބްރާހީމްގެ އަމުރަށް ޕީޖީ އޮފީހުން އަނބުރާ ގެންދިޔުމުންނެވެ.

ރިޔާސީ އިންތިހާބުގައި އަލީ ވަހީދު އުޅުއްވީ ޤާސިމް އިބްރާހީމްގެ ކެމްޕެއިނުގައެވެ. ފުރަތަމަ ބުރުން ޤާސިމް އިބްރާހީމަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތުމުން ޤާސިމްގެ ތާއީދު ރައީސް އިބްރާހީމަށް ހޯދައި ދިނުމަށް އެންމެ ގަދަޔަށް މަސައްކަތްކުރީ އަލީ ވަހީދެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button