ޚަބަރުސިޔާސީ

’ގެދޮރުވެރިޔާ‘ސްކީމުގެ ދާއިމީ ލިސްޓު އާންމުކުރުމުން ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ރަތަށް!

ސަރުކާރުން ހިންގާ ’ގެދޮރުވެރިޔާ‘ ސްކީމުގެ ފުރަތަމަ ބުރުގައި ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާއެކު ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ހިތްހަމަނުޖެހި، ނުރުހުން ފާޅުކޮށްފިއެވެ.

ލިސްޓު އާންމު ކުރުމާއެކު އެމްޑީޕީގެ އެކި ދާއިރާތަކުގެ އިސްވެރިން ހިމެނޭހެން ހަދާފައިވާ ސޯޝަލް މީޑިއާ އެކި ގްރޫޕުތަކުގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފައެވެ. އެމްޑީޕީގެ ބައެއް މެންބަރުން ގްރޫޕުތަކުގައި ތުހުމަތުކޮށްފައި ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިސްވެ ތިބެ، މީހުންނަށް ޕޮއިންޓު ލިބުނު ގޮތް ބަދަލުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ  އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ނާޒިމް (ބައުންޓީ ނާޒިމް) ވަނީ އެންމެން ޕާޓީ އޮފީސް ދޮށަށް އެއްވެ އެކަމާ އަޑު އުފުލަން ގޮވާލާފައެވެ. ބައުންޓީ ނާޒިމް މިހެން ބުނެފައިވަނީ ’އިބޫ 23 މާލެ ދާއިރާ‘ ގެ ނަމުގައި ހަދާފައިވާ އެމްޑީޕީ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.
ބައުންޓީ ނާޒިމްގެ މެސެޖަށް ތާއީދުކޮށް އަހްމަދު ނިޝްފާއު ނަމަކަށް ކިޔާ ގުރޫޕުގެ މެންބަރެއް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފްލެޓު ލިޔުން ހަވާލުކުރުން ހުއްޓުވަންޖެހޭ ކަމަށާއި އެއީ އިންސާފުން ކޮށްފަ އޮތް ކަމެއް ނޫންކަމަށެވެ. މީގެ އިތުރުން ވެސް ބައުންޓީ ނާޒިމް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
”ޔާމީން ބުނީ މި ބައިގަނޑަކަށް އެއްކަމެއް ކުރާކަށް ވެސް ނޭނގޭނޭ، މި ބައިގަނޑު ރަނގަޅުވާނޭ މަގުމަތީ ފެލެން. އެއީ ހަމަ ތެދެއް. އެއްކަމެއްވެސް ކުރަން އެނގޭ ބައިގަނޑެއް ނޫން މިހާރު އެމްޑީޕީ ފޭރިގަނެގެން މިއުޅެނީ،“
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ ސަރުކާރުން ފްލެޓު ދީފައިވަނީ ބޭއިންސާފުން ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. ރޮޒައިނާ ނުރުހުން ފާޅުކޮށްފައިވަނީ ’އެމްޑީޕީ އޭއާރު މާލެ‘ ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕެއްގައެވެ.
”ޕީޕީއެމް މީހަކަށް ވިޔަސް އެމީހަކަށް ހައްގުވާ އެއްޗެއް ދީގެން އަޅުގަނޑަށް އޯކޭ. އެކަމު އެމްޑީޕީގެ ހައްގުވާ މީހުން ކަޓުވާފަ ޕީޕީއެމްގެ ހައްގުނުވާ މީހަކަށް ދިނުން ބަލައެއް ނުގަނެވޭ،“ ރޮޒައިނާ ވިދާޅުވިއެވެ.
މުޒޫ ނަމަކަށް ކިޔާ މީހަކު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އޭނާގެ ދާއިރާއިން ފުލެޓު ލިބެންޖެހޭ މީހުންގެ ލިސްޓު ވާނީ ރަނގަޅަށް ބެލުމަށްފަހު ފޮނުވާފައިކަމަށެވެ. ނަމަވެސް އެމީހުންނަށް ފުލެޓު ދީފައިނުވާ ކަމަށާއި ބޭއިންސާފުން ފުލެޓު ދިނީ ސީދާ ހައުސިން މިނިސްޓްރީން ކަމަށެވެ.
”މި ހުރިހާ ޖަރީމާ ހިންގީ އަކްރަމްއާ އަސްލަމް،“ މީހުންނަށް ޕޮއިންޓު ލިބިފައި ހުރިގޮތް އަކްރަމް ބަދަލުކުރި ކަމަށް ތުހުމަތުކޮށްފަ އައިޝަތު ނާޒިމާ ކިޔާ މީހަކު ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
”ވަގުންގެ ފޮށި ބާރަށް ބަނދެގެން، ވެރިކަން ނިމޭތީ ކަނޑާލަނީ. އަކްރަމާއި އަސްލަމް.“
އިއްޔެ އާންމުކުރީ މާލެ ސަރަހައްދުން ފްލެޓް ދިނުމަށް މި ސަރުކާރުން ހިންގާ ’ގެދޮރުވެރިޔާ‘ ސްކީމްގެ
ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅައި އެ މައްސަލަ އޭސީސީގައި ރަޖިސްޓަރީ ކުރި ފަހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button