ޚަބަރު

އެމްޑީޕީން މޯލްޑިވިއަނަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ މައްސަލައިގައި އެޕާޓީއަށް އެންމެ ފަހުގެ މުހުލަތު ދީފި!

ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކަށް އެމްޑީޕީން ގައުމީ އެއާލައިން ކަމުގައިވާ މޯލްޑިވިއަން އަށް ދައްކަންޖެހޭ 5،629،861 (ފަސްމިލިއަން ހަލައްކަ ނަވާވިސް ހާސް އަށްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ) ހޯދުމަށް ކުންފުނިން އެޕާޓީއަށް އެންމެ ފަހުގެ މުހުލަތު ދީފިއެވެ.

އެމްޑީޕީގެ ޗެއަޕަރސަން ފައްޔާޒު އިސްމާއީލަށް އެޑްރެސްކޮށް، މޯލްޑިވިއަން އިން ފޮނުވި ނޯޓިސްގައިވާގޮތުން، އެއީ ފްލައިޓް ޓިކެޓާއި، ޗާޓަރ ފްލައިޓުތަކަށް މިމަހުގެ ފެބުރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ހުރި ފައިސާގެ އަދަދެވެ. އެ ލިޔުމުގެ ކޮޕީއެއް ”ބޮންތި“ އަށް ލިބިފައިވާއިރު، އެކަމާ ގުޅޭގޮތުން ފައްޔާޒުގެ ބަހެއް ހޯދުމަށް ”ބޮންތި“ އިން ވަނީ ލިޔުމުގެ ކޮޕީވެސް އެބޭފުޅާއަށް ފޮނުވާފައެވެ. އެކަމަކު ހަބަރު ޝާއިއުކުރުމާ ހަމައަށް އެބޭފުޅާގެ ބަހެއް ނުލިބެއެވެ. އަދި ފައްޔާޒުގެ ވަޓްސްއެޕް ނަންބަރަށް މެސެޖު ކުރުމުން އެ މެސެޖު ބައްލަވާފައިވާކަން ހާމަވެއެވެ.

އެފައިސާ މިމަހުގެ 18 ގެ ނިޔަލަށް އެމްޑީޕީން ނުދައްކައިފިނަމަ، ޝަރުއީ މަރުހަލާތައް ފަށައި، އެޕާޓީގެ މައްޗަށް ދައުވާ ކުރާނެކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

އެމްޑީޕީން މޯލްޑިވިއަނަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ 10 ބިލުގެ ތަފްސީލްވެސް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button