ޚަބަރުސިޔާސީ

މިހަފްތާގައި ގިރާވަރުފަޅުން ކަނޑައިދޭން ބުނި ގޯތި ކަނޑައި ނުދެވުނު!

މިހަފުތާ ތެރޭގައި ގިރާވަރުފަޅުން ގޯތި ކަނޑައި ބަހާނެކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ނަމަވެސް މި ހަފުތާގައި ގިރާވަރުން ގޯތި ކަނޑައި ދެވޭނެ ގާބިލުކަން ސަރުކާރުގައި ނެތްކަން ދައްކައިފިއެވެ.

މި ހަފުތާގައި ގިރާވަރުން ގޯތި ކަނޑައި ދެވެން ނެތް ކަމަށާއި އެކަމާއި މާފަށް އެދި ވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ގިރާވަރުފަޅުން ދިން ގޯތި ލިބުނު މީހުން ތިބޭ ވައިބާ ގުރޫޕަކަށް މިއަދު މެސެޖު ކުރައްވާފއެވެ. އަކްރަމް ވިދާޅުވީ، ”ވަރަށް މައާފާއެކު ދަންނަވަން، މިހަފުތާގައި ގިރާވަރުފަޅުން ގޯތި ކަނޑާފައި ދެވޭ ވަރެއް ނުވި،“ ކަމަށެވެ.

އުޜުރެއްގެ ގޮތުގައި އޭނާ ދެއްކެވީ ގޯތި ދިނުމަށް ހެދި ބިމުގެ ސާވޭކުރިއިރު މިންތައް ދިމާނުވުމެވެ. އޭނާ ވިދާޅުވީ މީގެ ކުރިންވެސް ގޯތި ކަނޑާފައި ދިނުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

ފުރަތަމަ ހެދި ސާވޭގެ މިންތައް ދިމާނުވުމުގެ މައްސަލައެއް ކުރިމަތިވުމާ ގުޅިގެން އިއްޔެއިން ފެށިގެން އަލުން ސާވޭ ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، މިއަދު އެ މަސައްކަތް އެކީ ނިމޭނެ ކަމުގައިވެސް އަކްރަމް ވިދާޅުވިއެވެ.

އަދި ސާވޭ ނިމުމުން ބިންތައް ވަކިކޮށް ކުރަހާފައި 2، 3 ދުވަހުގެ ތެރޭގައި ކުރަހާ މީހުން ހަވާލުކުރާނެ ކަމަށާއި، އެއިރުން އަންނަ ހަފުތާއިން ފެށިގެން ހުއްޓުމެއް ނެތި ބިންތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި އަކްރަމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ރިޔާސީ އިންތިޚާބާއި ދިމާކޮށް 6،000 ގޯއްޗަށް އިއުލާނުކުރެއްވި ބިންވެރިޔާ ސުކީމުގެ ތެރެއިން ޖުމްލަ 9001 ގޯތި މާލޭގެ ވަޒަންވެރިންގެ ތެރެއިން ވަކި ބަޔަކަށް ދޫކުރަން ނިންމަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button