ޚަބަރުސިޔާސީ

އެމްޑީއެންގެ ލާދީނީ ރިޕޯޓު ނެރުނު އިރު ހަމީދު އާއި ނޫޝިން އެތާކު ނެތް: ރައީސް ސޯލިހު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ލާދީނީ ރިޕޯޓު ނެރުނު އިރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި، ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓު ނޫޝިން ހަމީދު އެ ޖަމްއިއްޔާގައި ނެތް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ ރިޕޯޓާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފައި ނުވާއިރު، ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާފައިވާ ކަމުގައެވެ. އެކަމަކު އެއީ ސީދާ ކޮން ފިޔަވަޅެއް ކަން އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

”އަޅުގަނޑުމެން ފިޔަވަޅު އަޅާފަ އޮންނާނީ. ތި ވިދާޅުވި ދެބޭފުޅުން (ހަމީދު އާއި ނޫޝިން) އަކީ އެ މައްސަލަ ހިނގުމުގެ ކުރިން އެތާ އުޅެފަ ތިބި މީހުންކަމަށް އަޅުގަނޑަށް އެނގިފައިއޮތީ. ކަމެއް ހިނގި އިރު އެބޭފުޅުންނެއް ނެތް އެތާކު.“ ރައީސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުުވިއިރު އެ ޖަމާއަތަށް ނިސްބަތްވާ ހަމީދު އާއި ނޫޝިން އިސްތިއުފާ ދީފައިވާކަމުގެ އަޑުތައް ފެތުރުނީ އެ ރިޕޯޓު އާންމުވުމާ ގުޅިގެން އާންމުންގެ ފާޑުކިއުން އަމާޒުވާން ފެށުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button