ޚަބަރުސިޔާސީ

އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ރައްޔިތުން އެދޭކަން އިންޑިއާ ސަފީރަށް ދަންނަވައިފި!

ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިން ފައިބަން ރައްޔިތުން އެދޭކަން އިންޑިއާ ސަފީރަށް ދަންނަވާފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް ހަލީލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް  ޑރ.މުހައްމަދު މުއިއްޒުއާއި އެކު އިންޑިއާ ސަފީރު ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ވަނީ އިންޑިއާ ސިފައިންނާމެދު ރައްޔިތުން އެދޭގޮތް ހާމަކުރައްވާފައިކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ފިރުޒުލް ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ރައްޔިތުން ނޭދޭ ކަމަށާއި އެހެން ކަމުން އެ ސިފައިން ބާލަން އިންތިހާބީ ރައީސް އެދިވަޑައިގަތްކަމަށާއި، އަދި އިންޑިއާ ސަފީރު ވަނީ އެ ނިންމުމަށް އިހުތިރާމް ކުރާން ކަމަށް ވިދާޅުވެފައި ވާ ކަމަށެވެ.

ޑރ.މުއިއްޒުގެ ކެމްޕެއިނުގައި އެންމެ އިސްކަމެއް ދެއްވަން ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ދިވެހިރާއްޖޭގައި ޤާއިމްވެ ތިިބި އިންޑިއާ ސިފައިން ބޭލުމާއި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާގޮތަށް ހަދާފައިވާ އެއްބަސްވުންތައް މުރާޖައާކޮށް ބާތިލުކުރުމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button