ޚަބަރު

ހިޔާ ފުލެޓުގެ ކުލި ކުޑަކޮށްދޭން ތިންވަނަ ފަހަރަށް އެދިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ކުލި ކުޑަ ކޮށްދިނިމަށް އެދި 3 ވަނަ ފަހަރަށް މާލޭ ސިޓީ ކައުންސިލުން ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށް މާލެސިޓީ މޭޔަރ ޑރ މުހަންމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ ފުލެޓު ތަކުގެ ކުލި 5،600 އަށް ކުޑަ ކޮސްދިނުމަށް އެދި 3 ވަނަ ފަހަރަށް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި ފިނިޝިނިން މަސައްކަތްތަށް ނިންމުމަށް މަދުވެގެން 9 މަސް ދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެ ކަމުގައެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މިސަރުކާރުން ކަނޑައަޅާފައިވަނީ 7،500 ރުފިޔާ އެވެ. މީގެއިތުރުން މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ދައްކަން ޖެހެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button