ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ މޭޔަރު ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި

އިއްޔެ ޖުމްހޫރީ މައިދާނުގައި އިދިކޮޅު ލީޑަރުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގެންދަވަނިކޮށް ފުލުހުން އައިސް ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާ ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ މާލެސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
އެ މައްސަލަ ކުށްވެރިކުރައްވައި ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ޖުމްހޫރީ މައިދާނުގައި ނޫސްވެރިންނާ ފުލުހުން އަމަލު ކުރި ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބެލުމަށް މުޢިއްޒުވަނީ ގޮވާލައްވާފައެވެ.
މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ސަބަބުން އުފެދިފައިވާ މާޔޫސްކަން މީޑިޔާތަކަށް ބާލައިގެން ނުވާނެކަމަށާއި ސަރުކާރުގެ ކަންކަމާއި ބެހޭގޮތުން ރައްޔިތުން ވާހަކަ ދައްކާނެކަން އެމަނިކުފާނަށް ވިސްނިވަޑައިނުގަތުމަކީ މީޑިއާގެ ކުށެއް ނޫން ކަމަށެވެ.
Strogly condemn the ill-treatment of journalists at the Republic Square, Male' this evening. This back-slide in democracy and violation of fourth estate rights must be investigated immediately and thoroughly. Frustrations resulting from Solih's faltering re-election bid must not… pic.twitter.com/XPgjhfItBs
— Dr Mohamed Muizzu (@MMuizzu) July 20, 2023
އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ތިބި ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސް އަޅާ އަނިޔާކުރި މައްސަލަ އިދިކޮޅު ކޯލިޝަނުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ނޫސްވެރިންތަކެއް ކޮއްޕައި ބިންމައްޗަށް ވައްޓައިލި މައްސަލަ ބެލުމަށް ޓްރާންޕޭރެންސީ މޯލްޑިވްސްއިންވެސް ވަނީ ކަމާއިބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާފައެވެ.
އިއްޔެގެ އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މައްސަލަ ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ނޫސް ވެރިކަމަކާ ، ކޮމެންޓްކުރުމާ ނުލާ ޑިމޮކްރަސީ އެއް ނުދިރޭނެ . ޚިޔާލު ފާޅު ނުކުރެވޭނަމަ ނޫސް ވެރިންނަށް ތާޒަޚަބަރު ނުގެނެސް ދެވޭނަމަ ވާނުވާގަ ތިބެ ގައުމަށް ވާނީ 6 އެތި . ނޫސް ވެރިން ތިބޭތީ ގައުމުގަ ވާނުވާ އެގެނީ . ދޮގަށް ލިޔުނަސް ތެދަށް ލިޔުނަސް ކޮމެންޓް ކުރެވެން ހުންނަ ނަމަ ހަޤީގަތަށް ވާސިލް ވެވޭނެ . ނޫސް ވެރިކަމަށް ހުރަސް އެޅިގެން ނުވާނެ . ފުލުހުން ގެ ޒިންމާ ވާގޮތައް ނޫސް ވެރިން ވެސް އަދާކުރަނީ ޒިންމާއެއް .