
އެސްއޯ ފުލުހުންގެ އޮފިސަރަކު ވަރަށް ރަޙުމު ކުޑަކޮށް ދިވެހި ރާއްޖޭގެ ދެ ނޫސްވެރިޔަކު ޖުމްހޫރީ މައިދާނަށް ހޫރާލައިފިއެެވެ.
ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ޖުމްހޫރީ މައިދާނަށް އެއްވެ އަޑު އުފުލަމުން ދިޔަ ވަގުތު އެ މަންޒަރުތައް ލައިވްކޮށް ގެނެސްދެމުންދިޔަ ދެ ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސް އަޅާ އެ ދެ ނޫސްވެރިން ކޮއްޕާ ވައްޓާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އާންމުވި ވީޑިއޯ އާއި ގުޅިގެން ނޫސްވެރިންގެ ބެލެނިވެރި ފަރާތްތަކާއި އެކިއެކި ފަރާތްތަކުން ދަނީ އެކަން ކުށްވެރިކޮށް ބަޔާންނެރެ ފުލުހުންގެ މި ޢަމަލާއި ގުޅިގެން އެ މުއައްސަސާއަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެސްއޯ ފުލުސް މީހާގެ ފަރާތުން އަނިޔާ ލިބިފައިވަނީ ޗެނަލް-13 ގެ ކެމެރާމަން މިސްބާހު އާއި ސަންގު ޓީވީގެ ސީނިއަރ ނޫސްވެރިޔާ މާހަތު ޙުސެއިން (މާތު) އަށެވެ. އެ ދެ ނޫސްވެރިންގެ އިތުރުންވެސް އެތަނުގައި ހަރަކާތްތެރިވި އެހެން ނޫސްވެރިންގެ ވާޖިބަށްވެސް އިއްޔެ ފުލުހުން ވަނީ ހުރަސް އަޅާފައެވެ.
ފާޑުކިޔުންތަކަށްފަހު އެ ޢަމަލު ހިންގި ފުލުސް މީހާ އަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ދެ ނޫސްވެރިން ކޮއްޕާ ވައްޓާލި ފުލުސްމީހާ ވަޒީފާގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް ވަނީ މަޢުލޫމާތު ދީފައެވެ.
މިސަރުކާރުން މީޑިއާތަކުގެ މިނިވަންކަން ތަންމިނަށް ދީފައިވާނޭ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް އެކިއެކި ޕޯޑިއަމްތަކުގައި ފަޚުރުވެރިކަމާއިއެކު މެޑަލް ޖައްސަވަމުން ދަނިކޮށް މިފަދައިން ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސްއަޅާ އެކި ފަހަރުމަތިން ނޫސްވެރިންނަށް ކުރަމުންދާ އަނިޔާތަކާއި ކުރިމަތި ކުރުވާ ހުރަސް ތަކާއި ގުޅިގެން ނޫސްވެރިންގެ ފާޑުކިޔުމާއި ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ވޕޮލިހުންނަކީވާ މިހާރު ނުބާނުލަފާބައެތް.އެއިންމީހަކުހޫރާލާފިނަމަލާނެ.ގެންގޮސްއަނިޔާވެރިގޮތަކަންޖަލަށް. އިމުރާނުއަމުކުރިޔަސް އެފަދައަނިޔާވެރިވާކަންނުވާނެނު