ޚަބަރުސިޔާސީ

ރަށްރަށުގެ ކައުންސިލުތަކަށް އަތޮޅުތަކުން ފަޅު ރަށްތައް ދޫކުރުމުގެ އުސޫލެއް އެކުލަވާލަނީ

ރަށްރަށުގެ ކައުންސިލުތަކަށް އަތޮޅުތަކުން ފަޅު ރަށްތައް ދޫކުރުމުގެ އުސޫލެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލުތައް ބާރުވެރިކުރުވައި މާލީ ގޮތުން ހަރުދަނާވާނެ މަގުތައް ފަހިކުރުމަކީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ.

އަދި ހަމަ އެހެންމެ އިޤުތިޞާދީ އެކި ބޭނުންތަކަށް ރަށްތައް ދޫކޮށްފައި ހުންނަ ކަމަށާއި، އެފަދައިން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ވަރަށް ގިނަ ރަށްތައް ބޭނުންކުރަން ހަމަޖައްސާފައިވާ ގޮތަށް ބޭނުންނުކުރެވި ހުރުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ރައްޔިތުންނަށް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.

”އެހެން ނަމަވެސް އެ ދޫކޮށްފަައި ހުންނަ ބޭނުމަކަށް، ނޫނީ އެކަމަކަށް އެރަށެއް ބޭނުމެއް ނުއެއް ކުރެވޭ. އޭގެ ސަބަބުން ވަަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ކުރޭ. މިހެން ހުރި ރަށްތައްވެސް އެބަ ހުރޭ. އަދި އެގޮތަށް ދޫނުކޮށް ހުރި ރަށްތައްވެސް އެބަ ހުރޭ. އަދި އެ ނޫން ބައުންޑަރީގެ ދުރުގައި ހުންނަ ފަޅު ފަޅާއި ރަށްތައްވެސް އެބަ ހުރޭ އެރަށްރަށްވެސް އެބަ ހުރޭ، އެރަށްރަށުގެ ކައުންސިލްތަކަށް، އެކި ކަހަލަ މަޝްރޫއުތައް ހިންގިއްޖެއްޔާ ފައިދާވާނެ ކަހަލަ،“

ޤައުމީ ތަރައްޤީގެ މާސްޓާ ޕްލޭނު އެކުލަވައިލުމުގެ ަމސައްކަތް ކުރާއިރު، އެ މާސްޓާ ޕްލޭނުގެ ތެރެއިން މިފަދައިން ހުރި ރަށްތައް ކައުންސިލުތަކާ ހަވާލުކުރެވޭނެ އުސޫލެއް ކަނޑައެޅިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ފަޅުތަކާއި ފަޅު ރަށްތައް ދޫކުރަން ފެށުމުން އެކަމުގެ ސަބަބުން ވަޒީފާތަކާއި، އާމްދަނީގެ ފުރުސަތުތައް ރަށްރަށަށް ތަނަވަސްވެގެން ދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button