ޚަބަރުސިޔާސީ

ޕީޖީ ޝަމީމު ހުރީ ސިޔާސީ ނުފޫޒުގެ ދަށުވެފައި: ޑރ.ޖަމީލް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ހުންނެވީ ސިޔާސީ ނުފޫޒެއްގެ ދަށުވެފައިކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސް ގާނޫނީ ވަކީލުކަންވެސް ކުރައްވަމުން އަންނަ ޑރ.ޖަމީލް ވިދާޅުވީ ޕީޖީ ޝަމީމު އެމަގާމު ހޯއްދެވީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހުންނަވައިގެން އެ ޕާޓީގެ ދިދަ ހިއްޕަވައިގެން އިނގިރޭސިވިލާތުގައި ކެމްޕެއިން ކުރައްވައިގެން ކަމުގައެވެ.

”އެކަމުގެ އިނާމެއްގެ ގޮތުގައި ޝަމީމް މަގާމުގައި އެ ހުންނެވީ. އަޅުގަނޑު އޭނާއަށް އިހުތިރާމް ކުރަން. އެކަމަކު އޭނާއަކީ ޕީޖީ އޮފީހުގެ ހަޔާތުގައި އައި އެންމެ ވިކިފަ ހުރި އެންމެ ނުފޫޒުގެ ދަށުވެފައި ހުރި ޕްރޮސެކިއުޓަރ.“ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވޮގޮތުގައި ރައީސް ޔާމީނާ މެދު ޝަމީމް އަމަލު ކުރައްވަނީ ވަރަށް ޒާތީކޮށް ކަަމަށާއި، ޔާމީންގެ މައްޗަށް ކުރަމުން ދަނީ އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމުގައެވެ، އަދި އެއީ އޭނާއަށް މަގާމު ދިން އެމްޑީޕީ ރުއްސުމަށްޓަކައި ނުފޫޒުގެ ދަށުވެފައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމުގައި ޖަމީލް ވިދާޅުވިއެވެ.

ރިސޯޓެއްގައި ގޮތުގައި ތަރައްގީ ކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އަކާއި ރިޝްވަތު ގަބޫލުކުރެއްވި ކަމަށް ބުނެ ކުރާ ދައުވާއެއްގެ އިބުތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button