ޚަބަރުސިޔާސީ

ރައީސް ޔާމީން ޖަލަށް ލައިގެން އުޅެނީ ފިނޑިކަމުން: މަލީހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލައިގެން އުޅެނީ ފިނޑި ކަމުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. މަލީހް މިފަދައިން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ރޭ ކުޅުނު ފުރަތަމަ މެޗުގައި މެޗު ބައްލަވަން ސިޔާސީ ބައެއް ލީޑަރުން ވަޑައިގެންނެވި އިރު، ޔާމީނަށް އެ ފުރުސަތު ނުދެއްވި މައްސަލައިގައެވެ.

މި މެޗު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ސަސްޕެންޝަނުގައި ހުންނެވި ޔޫތް މިނިސްޓަރ މަހްލޫފް ވެސް ގަލޮޅު ދަނޑަށް ވަޑައިގަތެވެ.

މަލީހްގެ ޓްވީޓުގައި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ގަލޮޅު ދަނޑުގައި ކުޅުނު މެޗެއްގެ ފޮޓޯ ހިއްސާ ކުރައްވައިފައެވެ. އެ ފޮޓޯގައި ޔާމީންގެ އިތުރުން ރައީސް މައުމޫނާއި އޭރުގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ރައީސް ނަޝީދު ވެސް ދަނޑުގައި އިންނެވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button