ޚަބަރުސިޔާސީ

އަދީބު އަތުން “ދިޔާއެއްޗެއް“ ގެންދިޔަކަމަށް އަލީ އާޒިމް ވިދާޅުވާ ވާހަކަ ތަހުގީގު ކުރަން ޖެހޭ: ޑރ.ޖަމީލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ”ދިޔާ އެއްޗެއް“ ގެންދިޔަކަމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވި ވާހަކަ ތަހުގީގު ކުރުމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ޑރ.ޖަމީލް މިފަދައިން ގޮވާލެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ދިޔާއެއްޗެއް ގެންދިޔަކަމަށް އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ. އަލީ އާޒިމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އޮތް ބޭފުޅެކެވެ.

ޖަމީލް ވިދާޅުވިގޮތުގައި ބޮޑެތި ކުށްތަކުގެ ވާހަކަ ސަމާސައަށް ހެދިގެން ނުވާނެއެވެ.

އަދީބާއި އާޒިމާއި ދެމެދު ފޯނުން ކޮށްފައިވާ މެސެޖުތަކެއް މީސް މީޑިއާގައި މީގެ ކުރިން ވަނީ ލީކު ކޮށްލާފައެވެ. އެ މެސެޖުތަކުގައި ވާގޮތުން އަދީބުގެ އެދުމުގެ މަތިން، އާޒިމް އޭނާ ހުންނެވި އެޕާޓްމެންޓަށް ދަބަަހެއް ހިފައިގެން ދެއެވެ. މިކަމާގުޅިގެން އާޒިމްގެ ވާހަކަތައް ހުރީ، ދަބަހަށް ފައިސާ އަޅައިގެން ނުގެންދާ ފަދަ މޭރުމަކުންނެވެ. އަދި އެއީ ބަނގުރާކަމަށް ދޭހަވާ ފަދަ މޭރުމަކުން އޭނާ ވާހަކަ ދެއްކެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button