ޚަބަރު

އެޖެންޑާ19 އިން މަޖިލިސްހޮވަން މަރުފަލިޖެހި ނަޝީދު ވަކިކުރަން އެމްޑީޕީން ހުށައެޅުމަކީ އުންމީދުކުރިކަމެއްނޫން: ޑރ. ޖަމީލް

އެޖެންޑާ19އިން 19ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުމަށް މަސައްކަތް ކުރެއްވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީއިން ހުށަހެޅުމަކީ ދުވަހަކުވެސް އުންމީދު ކުރެއްވި ކަމެއް ނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކުރުމާއި ގުޅިގެން އެކަމަށް ޢިޝާރާތް ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ވިދާޅުވީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަކީ އެމްޑީޕީގެ ފަރާތުން ދުވަހަކުވެސް އުންމީދު ކުރެއްވި ކަމެއް ނޫންކަމަށާއި، އެޖެންޑާ19 އިން މަޖިލިސް ހޮވީ ރައީސް ނަޝީދު (އަންނި) މަރުފަލިޖަހައިގެންކަމަށެވެ. އަދި މިއަދު ފެނިގެންދަނީ ރައީސް ނަޝީދުގެ ކަރުގައި ވާޖަހައި ރައްޔިތުން ކުރިމަތީ ގަންހިންގަމުންދާ މަންޒަރު ކަމަށް ދރ. ޖަމީލް ވިދާޅުވިއެވެ.

މިއާއިއެކު ޑރ. ޖަމީލް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހުއަށް ދިވެހި ރާއްޖޭގެ ވެރިކަން ލިބުނީ ރ.ނަޝީދުގެ އާނ ބަހާ އެކުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކުރުމާއި ގުޅިގެން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި އެޕާޓީގެ މިހާރުގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވިގޮތުގައި އެމްޑީޕީގައި މިހާރު ތިއްބެވީ 56 މެންބަރުންނެވެ. އޭގެ ތެރެއިން 42 މެންބަރުން ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ބައިވެރިވެވަޑައިގަތެވެ. ރިޔާސަތުން ވޯޓުގައި ބައިވެރިނުވެވޭއިރު، 41 މެންބަރުންގެ ތެރެއިން ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ. އަދި ވޯޓު ނުދެއްވަނީ ކޮން 5 މެންބަރުންނެއްކަން އަސްލަމް ހާމައެއް ނުކުރައްވައެވެ.

މަޖިލީހުގެ އަޣުލަބިއްޔަތުގެ 44 ސޮއި ލިބުމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވާނެ ކަން އަސްލަމް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް މިހާތަނަށް ހަމަކުރެވުނީ ކިތައް ސޮއިކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕީޖީއިން ތައްޔާރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްވެސް އެމްޑީޕީގެ ޕީޖީއިން ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ތާވަލުކުރެވިފައިނުވެއެވެ.

One Comment

  1. Ahare men ummee dhe nukuran naib raees kamun jameel ehaa avaha vki koffaane kamaka ves ekamaku ekan ves vee thaa anekkaa jameel akee ves anni ah baiath hifaigen hure male ai mee he verikan badhalu vee ma
    yameen falhi ah araane kamakah ves ummeehde nuku ran ekanves vee thaa jameelu ummeedhu kuraa Haa gothaka hurihaa kame nu dhaa ne

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button