ޚަބަރުސިޔާސީ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދީބަށް ޖޭޕީގެ ކޯލިޝަން ދައުވަތު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ޖޭޕީގެ ކޯލިޝަނުގެ ދައުވަތެއް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދީބުގެ ޕާޓީ ކަމުގައިވާ ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ފޮނުވައިފިއެވެ.

އެ ޕާޓީއަށް ޖޭޕީން ފޮނުވި ސިޓީގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި، ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތިން ގައުމުގެ ކަންކަން އިސްލާހުކުރުމަށް ޓަކައި އެމްޓީޑިއާއެކު މަޝްވަރާއެއް ކުރެއްވުމަށް ބޭނުންފުޅުވާކަމަށް ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް ވަނީ މިދަފަ ބައެއް ދައުވަތުތައް މީގެ ކުރިންވެސް ބައެއް ފަރާތްތަކަށް އަރުވާފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމުގައިވާ ޕީޕީއެމް/ޕީއެންސީ، އެމްއެންފީ، ޑރ. މުނައްވަރު، އަދި އުމަރު ނަސީރަށް ވެސް ކޯލިޝަނުގެ ދައުވަތު އަރުވާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ދައުވަތެއް އެ ޕާޓީތަކުން ނުވަތަ ދައުވަތު ލިބިފައިވާ އެހެން ބޭފުޅުން ވެސް ގަބޫލުކުރައްވާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button