ޚަބަރު
ހުޅުމާލެ ފޭސް 2ގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 5ގައި އަލިފާނުގެ ހާދިސާއެއް ރޭ 1.05ހާއިރު ވަނީ ހިނގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގުމާ ގުޅިގެން ޓަވަރުން ވަނީ މީހުން ނެރެފައެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ފެނުމުގައި ރޯވެފައިވަނީ އެ ޓަވަރުގެ 17ވަނަ ފަންގިފިލާގެ އެޕާމެންޓެއްގެ ބެލްކަނީގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި އަލިފާންގަނޑު ވަނީ ނިއްވާލެވިފައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.