ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމީންގެ ލެގަސީގެ އަލިގަދަ ރަމްޒެއް: ޑރ.މުޢިއްޒު
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމީންގެ ލެގަސީގެތެރޭގައި ހިމެނޭ އަލިގަދަ ރަމްޒެއް ކަމަށް ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒުވިދާޅުވެއްޖެއެވެ.
މުޢިއްޒު މިފަދައިންވިދާޅުވީ ރޭ ޗެނަލް13ގެ ”ނިއުސްޓޯކް“ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމީންގެ ލެގަސީގެތެރޭގައި ހިމެނޭ ވަރަށް އަލިގަދަ ރަމްޒެއް ކަމަށާއި މިސަރުކާރުން މިހާރު މިކުރާކަންކަމަކީ އެ ލެގަސީ ނުވަތަ އެ ތަރައްޤީއަށް ފަނޑުކަން ގެނައުމަށްޓަކާ ހިންގާ ކަންކަމުގެގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.
”ހުޅުމާލެ ފޭސް 2 އަކީ ރައީސް ޔާމީންގެ ލެގަސީގެ ތެރޭގައި ހިމެނޭ އަލިގަދަ ރަމްޒެއް. މިސަރުކާރުން މިކުރާކަމަކީ އެ ލެގަސީ އަށް އެ ތަރައްޤީއަށް ފަނޑުކަން ގެނައުމަށްޓަކާ ހިންގާ ކަމެއްގޮތަށްފެނޭ“ ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު މިފަދައިން ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި މިވަނީ ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހުޅުމާލޭގެ ފަޅުގެ ސަރަޙައްދުން ބައެއް ހިއްކަން ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިކަމާއިގުޅިގެން ކުރެއްވި ޓްވީޓެއްގައި މުޢިއްޒު ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަޙައްދުގެ އިޙްތިޞާސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށާާއިހިއްކަން އުޅޭ ސަރަޙައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަޙައްދެއް ނޫން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފާހަގަކުރަންޖެހޭ މުހިންމު ނުކުތާތަކެއް ފާހަގަކުރައްވާ ޑރ.މުޢިއްޒު ވަނީ މިކަން އިސްލާހުކޮށް، މަޝްވަރާގެ މަތީން ޤާނޫނާ ޤަވާއިދުގެ ތެރެއިން އަމަލު ކުރުމަށް އާބަންކޯއަށް އިލްތިމާސް ކުރައްވާފައެވެ.
ޔާމީނާއި މުއިއްޒަކީ އެއް ލޭގަސީއެއް ހިއްސާކުރާ ދެ އަނިޔާވެރިންނެވެ. ފައިސާ ހޯދާފައި ހުރީ އެއްގޮތަށެވެ. މީހުންނަށް އަނިޔާ ދިނުމުގައި އެމީހެއްގެ ވަރުން ތަފާތެއް ނެތެވެ. ގޮތް ދޫނުކުރުމުގައިވެސް ހަމަ އެއްގޮތެވެ. ކަލޭމެންގެ ނިމުންވެސް އަންނާނީ އެއްގޮތަށެވެ. އެހެނީ ތިޔަ ދެމީހުނަށްވެސް އެތަކެއް ބަޔެއްގެ ބަދު ދުއާގެ ޖަޒާ ދެދުނިޔޭގައިވެސް ލިބޭނެއެވެ. އިންޝާالله އާމީން