ޚަބަރު

ފުވައްމުލަކު ޒުވާނެއް ގެއްލިގެން ހޯދަނީ

ޏ.ފުވައްމުލަކު ޒުވާނެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ވަނީ ގެއްލިގެން ހޯދަމުންދާ ޒުވާނާގެ ވަނަވަރު ހާމަކޮށްފައެވެ.
މިކަމާއިގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.
އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި 7 ވަނަ ދުވަހުކަމާއި އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަންފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ވަނީ ހަސަން ޖަމީލްގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button