ޚަބަރު

ޖަލަށް ޑްރަގް ވައްދަން އުޅުނު ކަރެކްޝަންސް އޮފިސަރެއް ހައްޔަރުކޮށްފި

ކ. ހިންމަފުށި އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ކަރެކްޝަންސްގެ އޮފިސަރަކު މަސްތުވާ ތަކެއްޗާއިއެކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވާ ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮފިސަރު ހައްޔަރުކުރީ އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތާ ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައި ކަމަށެވެ. އަދި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ މި އެ އޮފިސަރާއިއެކު އަތުލައިގަނެވިފައި ކަމަށާއި، އެ އޮފިސަރު ވަނީ ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ.
އަހުމަދު ފުޅު އިތުރަށް ވިދާޅުވީ ހައްޔަރުކުރި ޖަލު އޮފިސަރު މިހާރު ވަނީ ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތުން ސަސްޕެންޑުކުރެވިފައި ކަމަށާއި، މަދުން ނަމަވެސް އެފަދަ ކަންކަމުގައި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.

ދޭތެރެ ދޭތެރެއިން ޖަލަށް މަސްތުވާތަކެތީގެ އިތުރުން ހުއްދަނޫން އެހެނިހެން ތަކެތި ގިނައަދަދަކަށް ވައްދާ މައްސަލަތައް ފެންމަތިވެއެވެ. އަދި މިފަދަ ގިނަ މައްސަލަތަކުގައި ކަރެކްޝަންސްގެ އޮފިސަރުންގެ ބައިވެރިވުން އޮންނަކަން ފާހަގަކޮށްލެވެއެވެ.މީގެއިތުރުން ޖަލުގައިތިބޭ ޤައިދީން އަތުން ގިނައަދަދެއްގެ ފައިސާހޯދުމަށް ވިޔަފާރި އުސޫލުން ފޯނާއި އެނޫންވެސް ތަކެތި ފޯރުކޮށްދޭކަމުގެ ތުހުމަތު ޖަލު އޮފިސަރުންނަށް ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button