ޚަބަރުސިޔާސީ

މިކޯލިޝަނުގެ މެންބަރުން ހިތްވަރު ލިބިގަންނަންވީ ރައީސް ޔާމީންގެ ކިބައިން: ޑރ. މުޢިއްޒު

އިދިކޮޅު ކޯލިޝަންގެ މެންބަރުން ހިތްވަރު ލިބިގަންނަންވީ ރައީސް ޔާމީންގެ ކިބައިންކަމަށާއި، މި ޤައުމުގެ ހައްޤުގައި އާއި ޤައުމުގެ މުސްތަޤުބަލާއި މިނިވަން ކަމަށްޓަކައި ރައީސް ޔާމީންގެ މޭ އައްޑަނައަކަށް ދިއްކުރައްވައިގެން ގިނިކަންޏާ އެ މަސައްކަތް ކުރައްވަނީ ވަރުގަދަ ޖިހާދެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ރޭ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ.މުޢިއްޒު ވިދާޅުވީ މިވަގުތަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި، އެއް އަޒުމެއްގައި އެކުވެރިކަމާއެކީގައި ތިބެންވީ ވަގުތެއް ކަމަށާއި އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެތެރެ ބައިބައި ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ބަޔަކު ކުރަމުން އަންނަކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ އޭގެ ބޭނުމަކީ އިދިކޮޅުގެ އެ ބަދަހި ސަފުތައް ރޫޅާލުން ކަމަށާއި ދުޝްމަނުން ބޭނުން ވާނީ އެކަން ހާސިލް ކުރަން ކަމަށްވީ އިރު، އެހެން ވިޔަދީގެން ނުވާނެ ކަމަށެވެ.

ޑރ.މުޢިއްޒު ވިދާޅުވީ އެ ކޯލިޝަނުގެ މެންބަރުން ހިތްވަރު ލިބަގަންނަންވީ ރައީސް ޔާމީންގެ ކިބައިންކަމަށާއި މި ޤައުމުގެ ހައްޤުގައި އާއި ޤައުމުގެ މުސްތަޤުބަލާއި މިނިވަން ކަމަށްޓަކައި ރައީސް ޔާމީންގެ މޭ އައްޑަނައަކަށް ދިއްކުރައްވައިގެން ގިނިކަންޏާ އެ މަސައްކަތް ކުރައްވަނީ ވަރުގަދަ ޖިހާދެއް ކަމަށެވެ.

”އަޅުގަނޑުމެން ހިތްވަރު ލިބަގަންނަންވީ ރައީސް ޔާމީންގެ ކިބައިން. އެމަނިކުފާނު އެ ކުރައްވަނީ ވަރަށް ވަރުގަދަ ޖިހާދެއް. މި ޒަމާނަކީ ކަނޑި އާއި ބަޑި ހިފައިގެން ނުކުމެ ޖިހާދު ކުރަން ޖެހޭ ޒަމާނެއް ނޫން. ކުރީގައި ކަނޑި އާއި ބަޑި ބޭނުންކޮށްގެން ދުޝްމަނުންނާ ޖިހާދު ކުރީ. ގައުމު ދިފާއު ކުރުމަށް އޭރުގައި މަސައްކަތް ކުރީ އެ ބީދައިން. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އެ ކުރައްވަނީ ވަރަށް ވަރުގަދަ ޖިހާދެއް“ ޑރ މުއިއްޒު ވިދާޅުވިއެވެ.

 

މީގެއިތުރުން ރައީސް ޔާމީން ދައްކަވާ ހިތްވަރުން ހިތްވަރު ލިބިގަނެގެން މަސައްކަތް ކުރާ ނަމަ، އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބޭނެ ކަމަށްވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

One Comment

  1. ރަނިންމޭޓުކަން ލައްގަޅޭ މަށައް ލައްގަޅޭ.. ދުވަސް ގާތްވާވަރަކައް ޕާޓީގެ ވާހަކަދެއްކުމާއި ޔާމިނުގެ ރުހުން ހޯދަން ދައްކާފަ ނުދައްކާނެވާހަކައެއް ނޯންނާނެކަން އިނގޭ..
    ޖިހާދު އެކުރަނީ ހުމާމު އާއި ޟަހުމްވެސް.. ޖަލުގަތިބި ހުރިހާ ގައިދީންވެސް ތިހެންވީޔާ އެކުރަނީ ޖިހާދު..
    ޖިހާދުއަކީ ކުރީގެ ފިނޭންސްގެ މިނިސްޓަރު…

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button