ހުޅުމާލެ 2ވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މެއިމަހުގެ 2 ވަނަ ދުވަހުގެ ހަވީރު 15:17 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްގައި އެ ޒުވާނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކްސިޑެންޓްގައި ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ޙާލަތު ވަރަށް ގޯސްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓްގައި އަނިޔާވި އުމުރުން އުމުރުން 20 އަހަރުގެ ޒުވާނާ ނިޔާވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާކުރަމުން ދަނިކޮށެވެ.
ފަހަކަށް އައިސް ހުޅުމާލޭގެ ދެ ފިޔަވަހީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ނިމިދިޔަ ރަމަޟާންމަހުވެސް ނުރައްކާތެރި އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. އެހެންނަމަވެސް ޓްރެފިކް މައްސަލަތައް އިތުރަށް ހަރުދަނާކުރުމަށް އެއްވެސް ޕްރޮގްރާމެއް ހިންގާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިފަދަ ހާދިސާތައް މަދުކުރުމަށް ކުރެވިދާނެކަންކަމުގެ މަޢުލޫމާތު ހާމަކޮށްފައިނުވެއެވެ.