ޚަބަރު

ހިލޭ ގޯތި ބަހާތީ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތަކެއް ފަށައިފި

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަޙައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތަކެއް ފަށައިފިއެވެ.

މިމަޝްވަރާތައް ފަށާފައި ވަނީ ގެދޮރުގެ މައްސަލަތަކާއި ހިޔާ ފްލެޓްތަކުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކޮށް އެފަދަ އެތައް ހަރަކާތްތަކެއް ހިންގި ދަ ކޮމަނާސް (ކޮތަރު ކޮށި) ޖަމިއްޔާ އިންނެވެ.

ދަ ކޮމަނާސް އިން ބުނީ މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް މިއަދު ހަވީރު ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށްދިޔަ ކަމަށެވެ. މިއަދުގެ މަޝްވަރާތަކުގައި ބައިވެރިވީ ހިޔާ އެޗް-4 ގައި ދިރިއުޅޭ ފަރާތްތަކުންނެވެ.

ދަ ކޮމަނާސް އިން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން އެޖަމިއްޔާގެ ނިންމުން ހުރިހާ ފަރާތްތަކަކާއިއެކު މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button