ޚަބަރު

ހިޔާ ޓަވަރުތަކުގައި ގޭސް ރައްކާކުރަނީ، ރައްކާތެރިކެމެއް ނެތް!

ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯގައި ކައްކާ ގޭސް ރައްކާކުރުމަށް ހުއްދަ ހޯދައި، އެކަމަށް ތައްޔާރުވަމުން ދާކަމަށް ހާމަވެއްޖެއެވެ.

މިކަން ހާމަކޮށް ހިޔާ ފްލެޓުގެ ކަންކަމުގައި ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެއް ކަމަށްވާ އާންމުންގެ އެކުވެރި ގުޅުމުގެ ރަސްމީ ޓްވިޓަރ އެކަންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހިޔާ ފްލެޓުގެ ގިނަ ޓަވަރުތަކުގެ ވިޔަފާރި ޔުނިޓުތަކުތަކަކަށް ގޭސް ރައްކާކުރުމަށް ހުއްދަދީފައިވާ ކަމަށެވެ.

މި ޓްވީޓާއެކު އެޖަމުއިއްޔަައިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހިޔާ ފްލެޓުގެ 5 ޓަވަރަކުން، ކޮންމެ ޓަވަރެއްގެ ވިޔަފާރި ޔުނިޓުތަކުން ޔުނިޓެއް ވަނީ މޯލްޑިވްސް ގޭސް އަށް ކައްކާ ގޭސް ރައްކާކުރުމަށް ދީފައެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އާންމުންގެ އެކުވެރި ޖަމިއްޔާގެ އިސް ބޭފުޅެއް ކަމަށްވާ މިދުއާމް ސައުދު ވިދާޅުވީ، މިއީ ހިޔާފްލެޓުގައި ދިރިއުޅޭ އެއްވެސް ރައްޔިތަކަށް އެނގުމެއް ނެތި، އަދި ހިޔާލެއް ހޯދުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ޓަވަރުތަކުގައި ރައްކާކުރުމަށް ތައްޔާރުވަމުންދަނީ ގޭސް ކަމަށްވުމުން، ފްލެޓުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހިތްތަކުގައި އިންތިހާއަށް ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

މިދުއާމް އިތުރަށް ވިދާޅުވީ މިކަމުގައި އާންމުންގެ ރައްކާތެރިކަން 100% ކަށަވަރު ނުކޮށްދެވޭ ކަމުގައިވާނަމަ، އެޖަމުއިއްޔާގެ ފަރާތުން މިކަމާ ވަކާލާތުކޮށް މިކަން ހުއްޓުވަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން އާންމުން ދިރިއުޅޭ ސަރަހައްދުތަކުން މިގޮތަށް ގޭސް ރައްކާކުރުމުގެ ހުއްދައެއް ނުދެއެވެ. އަދި މިކަން މިހެން ކުރަމުންއައީ އާންމުންގެ ރައްކާތެރިކަމަށެވެ. އެހެން ނަމަވެސް މޯލްޑިވްސްގޭސް އަށް ހިޔާ ޓަވަރުތަކުގައި ގޭސް ރައްކާކުރުމަށް ހުއްދަދީފައިމިވަނީ އެޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button