ޚަބަރު

ގޭތެރޭގެ ޒުވާބު ހޫނުވެ ބަދިގެ އެއްކޮށް ބޭރަށް އުކާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓަކުން ގޭތެރޭގައި ހިފާ ގެންގުޅޭ ގިނަ އަދަދެއްގެ ތަކެތި ބޭރަށް އުކައިލުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި އުޅަނދުތަކަށް ބޮޑެތި ގެއްލުން ތަކެއްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިޔާގެ 4 ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި ފުލެޓަކުންނެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެ ތަކެތި ބޭރަށް އުކާފައިވަނީ އަންހެނެކެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގޭތެރޭގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި ބައެއް ފަރާތްތަކުން ބުނީ އަންހެންމީހާ ހުރީ މަސްތުގެ ހާލަތުގައިކަމަށެވެ.

އޭނާ އެ ފްލެޓުން ބޭރަށް އުކާލި ތަކެތީގެ ތެރޭގައި ގަސްމުށިގަނޑާއި،ވަޅިއާއި ބަދިގޭ ސާމާނު ހިމެނެއެވެ.

މި ހާދިސާގައި އެ ސަރަހައްދުގައި އޮތް ދެ ކާރަކާއި ޕިކަޕަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

އެހެންނަމަވެސް މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމެއް އެނގިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ”ބޮންތި“ ނޫހުން ސުވާލުކުރި ނަމަވެސް އަދި އެއްވެސް ޖަވާބެއް ދެއްވާފައި ނުވާއިރު ރަސްމީ އެހެން އެއްވެސް އިދާރާއަކުންވެސް އަދި އެއްވެސް ބަހެއް ބުނެފައިނުވެއެވެ.

ހިޔާ ފްލެޓް ސަރަޙައްދުގައި މިފަދައެތައް ކަންތައްތަކެއް ދޭތެރެ ދޭތެރެއިން ހިނގަމުން ދިޔަ ނަމަވެސް ކަމާއިގުޅުންހުރި މުއައްސަސާ ތަކުން މިފަދަ ކަންކަން ބަލާ އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button