
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ތަރައްގީ ކުރި ހުޅުމާލެ ފޭސް 2 ނުވަތަ ޔޫތު ސިޓީގައި މިރޭ (އެމްޓިސީސީ) ބާއްވާން ހަމަޖެއްސި އިވެންޓް ”ހުޅުމާލޭ ފޭސް 2، ލޭންޑް ޓްރާންސްޕޯޓް ސޮލިއުޝަން“ ރަސްމިއްޔާތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަތުމުން އިސްތިއުފާއަށް ގޮވައިއެވެ.
އިސްތިއުފާ ދެއްވުމަށް ގޮވާލާ ގިނަ އަދަދެއްގެ ބަޔަކު ފްލެޓްތައް ކައިރިއަށް އެއްވެ ގޮވަމުން ދިޔައީ އެ ފްލެޓްތަކަށް މަހަކު 8،500ރ ދައްކަން ޖެހުން އެއީ ބޮޑު ތަކުލީފެ ކަމަށާއި، 5،600ރ. އަށް ކުލި ކުޑަކޮށްދިނުމަށާއި، މިކަން މިހެން ނުކުރެވޭނަމަ ރައީސް ސޯލިހު އިސްތިފާ ދިނުމަށެވެ.
Raees @ibusolih ge isthiufaa ashaai kuli kuda kuran hiya sarahadhugai govan fashaifi pic.twitter.com/rOmv4Q6zZ7
— SHAFRAZ (Voice.mv) 🇲🇻 (@XefroX) June 15, 2022
ހުޅުމާލެ ދެވަނަ ފޭސް ނުވަތަ ޔޫތު ސިޓީގައި މިރޭ ހަވާ އެރުވުމަށް ކުރީން ހަމަޖެހިފައި އޮތް ނަމަވެސް ހަވާ އެރުވުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.