ޚަބަރުސިޔާސީ

އަލީ އާޒިމް އެމްޑީޕީއިން ވަކި ކުރުން: އަހަރެއް ވަންދެން ޕާޓީއަށް ވަނުމުގެ ހައްގެއް ނެތް!

އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަަލީ އާޒިމް އެމްޑީޕީން ވަކި ކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ’ފިކުރެއްގެ ދިރުން‘ ފެކްޝަންގެ އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވާ މެންބަރު އާޒިމް އެމްޑީޕީން ވަކިކުރަން ނިންމީ އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީންނެވެ.

އާޒިމަށް އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެއް އަހަރު ވަންދެން ޕާޓީއަށް އަނބުރާ ނުވަދެވޭ ގޮތަށް ހެދުމާއި، އެ މުއްދަތަށް ފަހުވެސް އަލުން ޕާޓީއަށް ވަދެވޭނީ އާ 100 މެމްބަރުންގެ ސޮޔާ އެކުގައެވެ. އަދި ފަސް އަހަރުދުވަހުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް ޕްްރައިމަރީއެއްގައި ނުވަތަ މަގާމަކަށް އާޒިމަށް ވާދަނުކުރެއްވޭ ގޮތަށްވެސް ވަނީ ހަދާފައެވެ.

އެނގިފައިވާގޮތުގައި އާޒިމް އެމްޑީޕީން ވަކި ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button