ޚަބަރުސިޔާސީ

އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ވަކީލުންނާއި މެދު ދެކޭ ގޮތް އުޝާމް ހާމަކުރައްވައިފި!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ވަކީލުންނާއި މެދު ދެކެވަޑައިގަންނަވާގޮތް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހާމަކުރައްވައިފިއެވެ.

މެމްބަރު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2014 ވަނަ އަހަރުގެ ކުރީކޮޅު އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ދިން ފައިސާއަކީ ހިޔާނާތުގެ ފައިސާއަށް ކަމަށް ވެފައި، އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރި ފަހުން އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ވަކީލުންނަށް ދިން ފައިސާއަކީ ހިޔާނާތުގެެ ފައިސާއަށް ނުވިކަމަށެވެ. އަދި އެއީ އިންސާފުތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އަދީބު ހައްޔަރު ކުރިފަހުން އޭނާއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ވަކީލުންގެ ތެރެއިން 2 ވަލީލެއްގެ ފޮޓޯ އުޝާމްގެ ޓުވީޓުގައި ވެއެވެ. އެއީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމާއި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖެވެ. މެމްބަރު އަލީ ހުސެއިން އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނީ ހިޔާނާތުގެ މައްސަލަ ހިލުނު ފަހުންނެވެ. ޕީޖީ ޝަމީމާއި މޫސާ ސިރާޖުގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ހިޔާނާތުގެ ލިސްޓުގައި ހިމަނާފައެއް ނުވެއެވެ. އެކަމަކު އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރު ކުރި ލިސްޓުގައި ޝަމީމްގެ ނަން އޮތެވެ. އަދި މަޖިލީހުން ލިސްޓު ނެރުނު އިރު، ޝަމީމްގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންގެ ނަމެއް ނެތެވެ. މަޖިލީހުން ބުނިގޮތުގައި ލިސްޓަށް އެއްވެސް އުނިއިތުރެއް ގެނެސްފައިނުވާނެއެވެ. މީގެ އިތުރުން މޫސާ ސިރާޖުގެ ނަން ދެ ލިސްޓަކުން ކުރެ ލިސްޓެއްގައިވެސް ނެތެވެ.

ޕީޖީ ޝަމީމް މީގެ ކުރިން ވަނީ އޭނާއާއި މެދު ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. މިކަމާ ގުޅިގެން މޫސާ ސިރާޖު އަދި މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ. އެމްއެމްޕީއާރުސީގެ ހިޔާމާތުގެ ލިސްޓު މަޖިލިޙުން އާންމު ކުރި އެއްވެސް ވަރަކަށް ތަހުގީގު ނުކުރާ ފަރާތްތައް އެ ލިސްޓުގައި ވެއެވެ. މިކަމާ ގުޅިގެން މަޖިލީހަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button