ޚަބަރުސިޔާސީ

ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ މީހަކީ އެ ޕާޓީގެ މެންބަރަކަށް ވާކަށް ނުޖެހޭ: ހަބީބު

ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުން މަޖިލީސް އިންތިހާބުގައި ވާދަކުރާ މީހުން، އެ ޕާޓީގެ މެންބަރަކަށްވުން ލާޒިމު ނޫންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ، އެކްސްއަށް ކުރެއްވި ޕޯސްޓެއްގައެވެ. އެކްސްގައި ކުރެއްވި އެ ޕޯސްޓުގައި، މަޖިލީސް އިންތިހާބުގައި އަމިއްލަގޮތުން ވެސް ވާދަކުރެއްވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާ މީހަކު ނަމަ، އެ މީހަކު ޖެހޭނީ ޕާޓީއިން އޭނާއަށް ރުހުން ދިން ކަމުގެ ޤަރާރެއް ހުށައަޅާށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ މީހެއްނަމަ، އޭނަ ވާދަކުރާ ދާއިރާއަކުން އޭނާއަށް ތާއީދުކުރާ 50 މީހުންގެ ސޮއި ހޯދަން ޖެހޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބް މިހެން ވިދާޅުވެފައިވަނީ، ގިނަ ސިޔާސީ ޕާޓީތަކުން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލައްވާ ފަރާތަކީ އެ ޕާޓީގެ މެންބަރެއްކަމަށް ވާން ލާޒިމް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދާއިރާތަކަށް ކުރިމަތިލުމަށް ޕާޓީތަކުން ޢިއުލާން ކޮށްފައިވާއިރު، އެ ޕާޓީގެ މެންބަރަކަށް ވުމަކީ ޝަރުތެއްކަމަށް ޕާޓީތަކުން ވަނީ ކަނޑައަޅާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button