ޚަބަރު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

ދިވެހިރާއްޖޭގައި ވެރިކަންކުރާ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފިއެވެ.

މިއަދު އެމްޑީޕީއިން ބޭއްވިޖަލްސާގައި ވާހަކަދައްކަވަމުން މި ޕެޓިޝަން ހެއްދެވުމުގައި އިސްކޮށް ހުންނެވި އައިމިނަތު ނަތާޝާ ވިދާޅުވީ މި ޕެޓިޝަނަކީ 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ގާނޫނު އަސާސީއަށް ބަދަލުގެނައުން ލަސްވަމުންދާތީ އާއި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ލަްވަމުން ދާތީ އެކަން އަވަސް ކޮއްދެއްވުން އެދިއެމްޑީޕީގެ މެންބަރުންގެ ފަރާތުން ރަޢިް އިބްރާހިމް މުހަންމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްކަމުގައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވިގޮތުގައި ރާއްޖޭގައި ކޮރަޕްޝަން އިތުރުވަނީ ރިޔާސީ ނިޒާމުގައި ހިދުމަތްތަށް ފޯރުކޮއްދިނުމުގައި ލަސްތަކެއް ކުރިމަތިވާތީއެވެ. އަދި ބޮންޑޭ ވިދާޅުވިގޮތުގައި ބަރުލަމާނީނިޒާމެއްގައި ރައްޔިތުންނަށް ދެވޭ ހިދުމަތްތަށް އަވަސްވެގެން ދާނެއެވެ. މި ޖަލްސާގައި ބޮންޑޭވަނީ ރައީސް ނަޝީދު ބޮޑުވަޒީރަކަށް ގެނައުމަށް މަސައްކަތްކުރާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button