ޚަބަރު

ކޯވިޑް 19 އާއި ގުޅިގެން އަޅަފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ކޯވިޑް-19 އާއި ގުޅިގެން ދިވެހި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން ވިދާޅުވީ އަވައްޓެރި ސްރީލަންކާގައި ކޯވިޑް 19 ފެތުރެމުންދާތީ އެ ގައުމު ލޮކްޑައުން ކޮއްފައިވާތީ ރާއްޖެއިންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކުރަން ޖެހޭކަމުގައެވެ. ލަންކާ ލޮކްޑައުން ކޮއްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

ރައީސް މައުމޫން މިހެންގޮވާލެއްވިއިރު މިކަމަށް ގިނަ ބަޔަކު އަންނަނީ ދެކޮޅުހަދަމުންނެވެ. އެގޮތުން ބައެއްފަރާތްތަކުން ބުނާގޮތުގައި ތިންވަނަ ފަހަރާ ލޮކްޑައުން ކޮށްގެން ރާއްޖޭގެ އިގްތިސޯދު އެއްކޮއް ފުނޑޭނެއެވެ.

ރާއްޖޭގައި ކޯވިޑުގެ ފިޔަވަޅުތަށް ވަރުގަދަ ކުރުމަށް ރައީސް މައުމޫނު ގޮވާލާފައި ވާއިރު ރާއްޖޭގެ ކޯވިޑުގެ ކޭސްތަށްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button