ޚަބަރު

ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެނެވޭ ގޮތަށް އުސޫލުތައް ރިވިއުކުރަނީ

ދިވެހިރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެނެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އުސޫލުތައް ރިވިއުކުރަން ފަށާފައިވާކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ކޮންމެ ފަރާތަކުން ވެސް ބޭނުންވަނީ ކޮލިޓީ ރަނގަޅު ބޭސް ގެންނަން ކަމަށާއި ނަމަވެސް ކަމާގުޅޭ އިދާރާއިން އުސޫލުތައް ހަމަޖައްސާފައިވާ ގޮތުން އެކަން ކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އެހެންކަމުން ބޭސް ގެންނަ އުސޫލަށް ބަދަލުތަކެއް ގެނެސް ވަރަށް އަވަހަށް އެކަން އިއުލާންކުރާނެ ކަމަށް މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުސޫލަށް އެ ގެންނަ ބަދަލާއެކު ޔޫރަޕްގެ ގައުމެއްގައި އުފައްދާ ބޭހަކަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދީފައިވާނަމަ ރާއްޖެއަށް ވެސް އެ ބޭސް ގެނެވޭނެކަމަށާއި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ބޭހަށް ހުއްދައަށް ހުށަހަޅާއިރު އެ ބޭހުގެ ކޮންޓެންޓު ބަޔާންކުރުމެވެ. އެއީ ބޮޑެތި ކުންފުނިތަކުން ސިއްރު ކޮށްފައިވާ ކަމަކަށް ވާތީ ބޭސް އުފެއްދުމާ ގުޅޭ ތަފްސީލުތައް ހޯދުމަކީ ދަތި ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button