ޚަބަރު
ކ. ހިންމަފުށިން ގޯތި ލިބޭ މީހުންނަށް ލިޔުން ހަވާލުކޮށްފި
ކ. ހިންމަފުށިން ދޫކުރާ 288 ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު އެމީހުންނަށް ގޯތީގެ ލިޔުން ހަވާލުކޮށްފިއެވެ.
10 އަހަރު ފަހުން ހިންމަފުށިން ދޫކުރަން ނިންމި 288 ގޯތި ދޫކުރަން މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރުމުން 486 މީހުން ގޯއްޗަށް އެދި ކުރިމަތިލާފައިވެއެވެ. އަދި ޕޮއިންޓު ލިބިފައިވާ ތަރުތީބުން ގުރުއަތު ނެގުން ކުރިއަށް ގެންގޮސް، ހިންމަފުށީ ސްޓޭޖު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެމީހުންނަށް ވަނީ ގޯތީގެ ލިޔުން ހަވާލުކޮށްފައެވެ.
އާބާދީގައި 1،400 މީހުން ދިރިއުޅޭ ހިންމަފުށީން އެންމެ ފަހުން ގޯތި ދޫކުރީ 2013 ވަނަ އަހަރުއެވެ. އޭރު ދޫކޮށްފައިވަނީ 38 ގޯއްޗެވެ.