ބަރުލަމާނީ ނިޒާމަކީ ތަރުޖަމާނަކު ބޭނުންނުކޮށް އަބަދުވެސް ވެރިން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ވެރިކަމުގެ ދެފުށް މާ ސާފުކޮށް ފެންނަ،
ތަރުޖަމާނަކާނުލާ އަބަދު ޖަވާބުދާރީ ކުރެވޭ،
ގިނަ ފަރާތްތަކުގެ ހިއްސާވުން ޤާނޫނީގޮތުން އެކުލެވޭ،
ފަށަލަތަކާއި މަތިބަރުކަން ކުޑަ،
ގިނަބަޔަކު ވެގެން ނިންމުންތައް ނިންމާ،
ޤައުމުތަކުން އެންމެ ކާމިޔާބުކަމަށް ދައްކާ ނިޒާމު. #barulamaanee pic.twitter.com/VT3jRZGoGk— Waddey (@waddey_) August 21, 2021
ވައްޑޭގެ ޓްވީޓުގައި ބަރުލަމާނީ ނިޒާމު އިތުރަށް ސިފަކުރައްވާފައިވާ ގޮތުގައި އެނިޒާމަކީ ވެރިކަމުގެ ދެފުށް މާސާފުކޮށް ފެންނަ ނިޒާމެކެވެ. އަދި ބަރުލަމާނީ ނިޒާމަކީ ގިނަ ފަރާތްތަކުގެ ހިއްސާވުން ގާނޫނީ ގޮތުން އެކުލެވޭ، ”ފަށަލަތަކާއި މަތިބަރުކަން ކުޑަ“ ނިޒާމެއް ކަމުގައި ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭގެ ޓްވީޓުގައި އިތުރަށް ވިދާޅުވިގޮތުގައި ބަރުލަމާނީ ނިޒާމަކީ ދުނިޔޭގެ ގައުމުތަކުން އެންމެ ކާމިޔާބު ކަމަށް ދައްކާ ނިޒާމެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަކީ 2018ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ މެނެފެސްޓޯގައި އޮތް ކަމެކެވެ. އެކަން އެގޮތަށް ކުރުމަށް ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާއިރު، އެމްޑީޕީގެ ބައެއް އިސް ލީޑަރުންނާއި މެމްބަރުން ދަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ.