ޚަބަރު

ފެން ބިލުން ބޮޑު ޑިސްކައުންޓެއް!

ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ގޭބިސީތަކުގެ ފެން ބިލުތަކަށް 15 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދަކަށް އެމްޑަބްލިއުއެސްއީއިން ޑިސްކައުންޓް ދީފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ކޯވިޑުގެ ހާލަތާއި ގުލީގެން ސަރުކާރުންވަނީ ފެން ބިލުތަކުން ރާއްޖޭގެ ހުރިހާ ގެޔަކަށް 30 ޕަސެންޓުގެ ޑިސްކައުންޓު އަދި ވިޔަފާރިކުރާ ތަންތަނުގެ ބިލުން 20 ޕަސެންޓުގެ ދިނުމަށް ނިންމާފައެވެ.

ރާއްޖެ ޓިވީގެ ”ފަލަސުރުހީ“ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، ފެން ބިލްތަކުން 30 އިންސައްތަ ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވުމާ ގުޅިގެން ހިދުމަތް ހޯދަމުންދާ 70،000 ކަސްޓަމަރުންގެ ބިލުތަކުން ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.

”ގާތްގަނޑަކަށް 15 މިލިއަން ރުފިޔާއާ ގާތްކުރާ ޑިސްކައުންޓް ދީފިން.“ ޝާހު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ ކޯވިޑުގެ ހާލަތާއި ގުޅިގެން ފެންބިލާއި ކަރަންޓު ބިލުން ބޮޑެތި ޑިސްކައުންޓު ތަކެއްދީފައެވެ. އެކަމަކު ފުރަބަންދުގެ ހާލަތުގައި ފެނާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ބިލުތަކުން މާބޮޑު ލުޔެއް ނުލިބޭކަމަށް އާންމުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button